ads
އޭދަފުށްޓާއި އީގަލްސްގެ ކުޅުންތެރިން
އީގަލްސްއާ އޭދަފުށގެ އެކުވެރިކަމުގެ މެޗު ބޮޑު ތަފާތަކުން އީގަލްސްއަށް
ކްލަބު އީގަލްސްއާ އޭދަފުށީ ޓީމާ ދެމެދު މިއަދު ހަވީރު ކުޅެވުނު އެކުވެރިކަމުގެ މެޗު ބޮޑު ތަފާތަކުން ކްލަބު އީގަލްސްއިން ކާމިޔާބުކޮށްފިއެވެ. އޭދަފުށީގައި ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ ފަސް ލަނޑު ސުން ލަނޑުންނެވެ.

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މަގާމު ހޯދާފައިވާ ކްލަބު އީގަލްސްއިން އޭދަފުށީ ޓަރފް ދަނޑުގައި ކުޅުނު މި މެޗުގައި އީގަލްސްއަށް ކުޅޭ ޖަޕާނުގެ ފޯވާޑް ޓޯޝީވަނީ ދެ ލަނޑު ޖަހާފައެވެ. ގިނަ އަދަދެއްގެ ބަޔަކު ކުޅި ބަލަން ނުކުތް މި މެޗުގައި އަނެއް ތިން ލަނޑު ޖެހީ، ހަސަން ރާއީފް، ހަސަން ނަޒީމް އަދި ހިޝާމް ސަލީމެވެ.

އޭދަފުށްޓާއި އީގަލްސް މިއަދު ހަވީރު އެކުވެރިކަމުގެ މެޗެއް ކުޅުނު އިރު ދެ ޓީމުންވެސް ތައްޔާރުވަމުން އަންނަނީ އެފްއޭކަޕަށެވެ. އަންނަ މަހު އޮންނަ އެފްއޭކަޕްގައި އޭދަފުށި ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. އަނެއްކޮޅުން އީގަލްސް ނުކުންނާނީ ވިލިމާލޭ ޔުނައިޓެޑާ ދެކޮޅަށެވެ. އޭގެ ކުރިން އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭ ދިވެހި ލީގުގެ ފަހު މެޗުގައި އީގަލްސްއިން ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ކުޅޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް