ads
ސުލްހައިގެ ވާހަކަ ފެށޭތޯ ތުރުކީން މަސައްކަތް ކުރާނެ
ޔޫކްރެއިން ހަނގުރާމަ: ސުލްހައިގެ ވާހަކަ ފެށޭތޯ ތުރުކީން މަސައްކަތް ކުރަނީ
ޔޫކްރއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސުލްހައިގެ ވާހަކަތައް ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރައީސް ލަޑިމިއަ ޕުޓިން ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ ކަޒަކިސްތާނުގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮން  އިންޓަނޭޝަނަލް އެންޑް ކޮންފިޑެންސް ބިލްޑިން މެޝާސް އިން އޭޝިއާ އަށް ފަހުއެވެ.  

ރައީސް އުރުދުޣާން ވިދާޅުވީ ހަނގުރާމަ ހުއްޓުވައި ޔުކްރެއިންއާއި، ރަޝިޔާއާދެމެދު ސުލަހައިގެ ވާހަކަތައް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ލޭ އޮހޮރުވުން ހިނގާތަން ދެކެން ބޭނުން ނުވާ ކަމަށެވެ. 

ކްރެމްލިންގެ އޮފިޝަލުން ވިދާޅުވެފައިވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އުރުދުޣާން ބޭނުންފުޅުވާ ކަމަށެވެ.

އުރުދުޣާން ވަނީ ހަނގުރާމައިގެ ދުވަސްވަރު ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު މެދުވެރިއެއްގެ ރޯލް ތަކުރާރުކޮށް އަދާ ކުރުމަށް  މަސައްކަތްކޮށްފައެވެ.

ސެޕްޓެމްބަރު މަހު އެ ދެގައުމު ބައްދަލު ކުރުމަށް ފަހު އުރުދުޣާން ވިދާޅުވީ، މި ހަނގުރާމަ ވީ އެންމެ އަވަހަކަށް ނިމުމަކަށް ގެންނަން ޕުޓިން ބޭނުންފުޅުވާ ކަމަށެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް