ads
ވެލާނާ އިންޓަރނޭޝެނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް..
12 ދުވަސްތެރޭ ރާއްޖެއަށް 50 ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި
މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 50 ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 54،869 ފަތުރުވެރިން ވަނީ އައިސްފަ އެވެ. 

މި އާއި އެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ، 1،245،489 އަށް އަރާފަ އެވެ. 

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، މާޗް މަހު އެވެ. އެ މަހު ރާއްޖެއަށް 150,748 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ، 109,585 ފަތުރުވެރިންނެވެ. 

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، އިންޑިއާ އިންނެވެ. އެގައުމުން 176,631 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އުޅެނީ، ރަޝިއާ އެވެ. އެގައުމުން މިހާތަނަށް 151,375 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. 

ތިން ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، އިނގިރޭސިވިލާތުންނެވެ. އެގައުމުން މިހާތަނަށް 135,454 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ޖަރުމަނުވިލާތުންނެވެ. އެގައުމުން މި އަހަރުގެ މިހާތަނަށް 100,947 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. 

ސަރުކާރުން ވަނީ މި އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް