ads
ރަޝިރާގެ މިސައިލެއް: ސުލްހައިގެ ވާހަކަތަކަށް ޖާގައެއް ނެތްކަމަށް ރަޝިޔާއިން ބުނޭ
ސުލްހައިގެ ވާހަކަތަކަށް ޖާގައެއް ނެތް: ރަޝިއާ
ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ސުލްހައިގެ ވާހަކަތަކަށް މިހާރު ޖާގައެއް ނެތް ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ކުރެވިދާނެ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ރައީސް ޕުޓިން ވިދާޅުވީ ޔޫކްރެއިނުން ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދަމުންދާކަމަށެވެ.

ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވީ ޔޫކްރެއިން ސަރުކާރުން މަޝްވަރާ ބާއްވަން ބޭނުންވާ ކަމަށް ބުނަމުން ދިޔަ ކަމަށާއި، އެހެން ނަމަވެސް މިހާރު އެމީހުން ވަނީ އެމީހުންނަށް އެކަން މަނާކުރާ ރަސްމީ ނިންމުމެއް ނެރެފައި ކަމަށެވެ.

ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު މިދިޔަ މާޗްމަހުގެ ފަހުކޮޅު ބޭއްވި މަޝްވަރާތަކުގައި ދެގައުމުގެ ދެމެދު ވަނީ މަޝްވަރާތައް ހުއްޓުމަކަށް ގެނެވިދާނެ ފަދަ ޕްރިލިމިނަރީ އެއްބަސްވުމަކަށް އާދެވިފައިކަން ޕޫޓިން ހަނދާން ކޮށްދެއްވިއެވެ.

އެ އެއްބަސްވުންތައް ގާތްގަނޑަކަށް ފެށުނުތަނާހެން ޔޫކްރެއިނުން ރަޝިޔާ ފައުޖުތައް އަނބުރާ ގެންދިޔަ ހިސާބުން  ޔޫކްރެއިންގެ ލީޑާޝިޕުން މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަން ހާމަވެގެންދިޔަ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ތުރުކީގެ އިސްތަންބޫލްގައި ބޭއްވި މަޝްވަރާތަކުގައި ޑްރާފްޓް މުއާހަދާއެއް އެކުލަވާލުމަށް އެއްބަސްވެފައިވާކަމަށް ޚަބަރުތައް ފެތުރުމާގުޅިގެން ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވްއިން އެގައުމުގެ ސިފައިން ފޭބިކަން އިޢްލާން ކޮށްފައެވެ. 

ޔޫކްރެއިންގެ ޝަރުތުތަކުގެ ތެރޭގައި ރަޝިއާ ވެސް ހިމެނޭ ގޮތަށް ބޭރުގެ ގައުމުތަކުންދޭ ސަލާމަތީ ގެރެންޓީތަކުގެ ބަދަލުގައި އެ ގައުމުގެ ބިމުގައި ބޭރުގެ ސިފައިންނާއި އަސްކަރީ ތަންތަނަށް ފުރުސަތު ނުދިނުމާއި ހުރިހާ ގައުމަކާ އެކު ހަމަހަމަ ގުޅުމެއް ބާއްވާނެ ކަމަށް ވަނީ އެއްބަސްވެފައެވެ.

އޭގެ ދުވަސްތަކެއް ފަހުން ރައީސް ލަޑިމިއަ ޒެލެންސްކީ ވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ ބުޗާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ.  އެއަށްފަހު ޒެލެންސްކީ އިޢްލާން ކުރެއްވީ، ޔޫކްރެއިނުން ރަޝިޔާއާ އެކު މަޝްވަރާ ނުކުރާނެ ކަމަށެވެ. ރަޝިޔާއިން ބުނެފައިވަނީ އެ ތުހުމަތު ތަކަކީ މަޝްވަރާތައް ރޫޅާލުމަށް ދައްކާ ބަހަނާ ކަމަށެވެ.

ރަޝިޔާގެ ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި އެގައުމުން ވަނީ ޔޫކްރެއިންގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ރަސްމީ ސުލްހައިގެ އެއްބަސްވުމެއް ލިޔެ، ޔޫކްރެއިނަށް ފޮނުވާފައެވެ. އެހެންނަމަވެސް އެއަށް ޔޫކްރެއުން އެއްވެސް އިޖާބައެއް ދީފައި ނުވެއެވެ.

66%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް