ads
ހިޔާ ފްލެޓް
ހިޔާ ފުލެޓު މަޝްރޫއު ސަރުކާރުން ހިންގާފައިވަނީ މާ އަގުބޮޑުކޮށް: ވޯލްޑް ބޭންކް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ ފުލެޓުގެ މަޝްރޫއުއަކީ، ރާއްޖެއާއި ނުގުޅޭ ގޮތަށް، މާ އަގު ބޮޑުކޮށް ހިންގާފައިވާ މަޝްރޫއު އެއް ކަމަށް، ބައިނަލްއަގްވާމީ މާލީ އިދާރާއެއް ކަމަށްވާ ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން މިހެން ބުނެފައިވަނީ، އެ އިދާރާއިން މި މަހު ނެރެފައިވާ، ”މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް“ ރިޕޯޓުގަ އެވެ. 

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފުލެޓުގެ މަޝްރޫއު އަކީ، އަގު ބޮޑު އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނެގި ދަރަނީގެ ބުރަ ބޮޑު މަޝްރޫއުއެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި، ރާއްޖެއަށް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. 

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއު ހިންގުމަށް 10.5 ބިލިއަން ރުފިޔާ ހަރަދުވެފައި ވާއިރު، މިފަދަ މަޝްރޫއުއަކަށް 10 ބިލިއަން ރުފިޔާ އަކީ ބޮޑު އަދަދެއް ކަމަށްވަނީ ބުނެފަ އެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުން ކޮންމެ ފުލެޓަކަށް ސަބްސިޑީގެ ގޮތުގައި، 490،356 ރުފިޔާ ދައްކަންޖެހޭ ކަމަށް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ހިންގުމަށް ސަރުކާރުން ނެގި ލޯނަކީ އިންޓްރެސްޓު ބޮޑު އަދި ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ގޮތަށް ނަގާފައިވާ ލޯނުތަކެއް ކަމުން މިކަމުގެ ބުރަ އިތުރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން 2019 ވަނަ އަހަރު އެޗްޑީސީއަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ޖެހުނު ކަމަށްވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ އިތުރުން ވޯލްޑް ބޭންކުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ގިނަ ފްލެޓްތަކުން ކުލި ބަރާބަރަށް ދައްކަމުން ނުދާކަން ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ހިޔާ ފުލެޓުގެ 6338 ފުލެޓެއްގެ ތެރެއިން 2345 ފުލެޓް ނުވަތަ 37 އިންސައްތަ ފްލެޓުން ކުލި ނުދައްކާކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް