ads
އެމެރިކާއިން މިހާތަނަށް 18.3 މިލިޔަން ޑޮލަރުގެ ހަތިޔާރު ވަނީ ޔޫކްރެއިނަށް ފޮނުވާފައި
އެމެރިކާއިން ޔޫކްރެއިނަށް 725 މިލިޔަން ޑޮލަރުގެ ހަތިޔާރު ފޮނުވަނީ
އެމެރިކާއިން ޔޫކްރެއިންއަށް އިތުރު 725 މިލިއަން ޑޮލަރުގެ ހަތިޔާރާއި އެހެނިހެން އަސްކަރީ އެހީގެ ޕެކޭޖެއް ފޮނުވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި އެހީ އަކީ ރަޝިޔާއިން ޔޫކްރެއިންގެ އެކި ސަރަހައްދުތަކުގައި އާންމުންނަށް ދެމުން ގެންދާ އަނިޔާވެރި މިސައިލް ހަމަލާތަކާ ގުޅިގެން ފޮނުވާ އެހީއެއް ކަމަށާއި، އަދި ރަޝިއާގެ އަސްކަރިއްޔާއިން ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވަމުންދާތީ ދޭ އެހީއެއް ކަމަށެވެ.

ޔޫކްރެއިންގެ ސިފައިން ރަޝިއާގެ ފައުޖުތައް ފަހަތަށް ޖައްސަމުންދާތީ އެމެރިކާ އޮތީ ޔޫކްރެއިންއާ އެކުގައި ކަމަށް ބްލިންކެން ފަހުން ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އެންމެ ފަހުގެ އަސްކަރީ ޕެކޭޖުގައި ހައިމާސް (ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމްސް) އާއި އިތުރު ހަތިޔާރު ހިމެނޭ އިރު، ޖޯ ބައިޑަންގެ ސަރުކާރު ފެށުނީއްސުރެ އެމެރިކާއިން ޔޫކްރެއިންއަށް ދިން އަސްކަރީ އެހީގެ އަދަދު 18.3 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ނެރުނު އެހެން ބަޔާނެއްގައި ބުނެފައިވެއެވެ.

އެމެރިކާއިން ވަނީ 20 ހައިމާސް ޔޫކްރެއިންއަށް ފޮނުވައި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 18 ހައިމާސް ފޯރުކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ. ހައިމާސް އަކީ ރަޝިޔާގެ ހަތިޔާރު ގުދަންތަކާއި ބްރިޖްތަކާއި އެހެނިހެން މުހިންމު އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން އިތުރުކޮށްދިން ހަތިޔާރެކެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް