ads
އާމިރު އަލަގިޗް (މެދުގައި) ފޮޓޯ ލަންކާ ފެޑެރޭޝަން
ނިއުގެ ކުރީގެ ކޯޗު އާމިރު އަލަގިޗް ލަންކާގެ ގައުމީ ޓީމަށް
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މީގެ ފަސް އަހަރު ކުރިން، ކުޑަ ދުވަސްކޮޅަކު ކޯޗު ކޮށްދިން، އޮސްޓްރޭލިޔާ ދަރިކޮޅަށް ނިސްބަތްވާ ބޮސްނިޔާގެ އާމިރު އަލަގިޗް، އަވަށްޓެރި ސްރީ ލަންކާގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް އައްޔަންކޮށްފިއެވެ. އާމިރު އަލަގިޗާއި އެކު ލަންކާގެ ފުރަތަމަ މެޗަކަށް ވެގެންދާނީ އަންނަ މަހު ފަހުކޮޅު، އޭޝިއަން ކަޕް ކޮލިފައިންގައި ނޯތުކޮރެއާއާ ދެކޮޅަށް ލަންކާއިން ކުޅޭ މެޗެވެ.

އާމިރު އަލަގިޗްވަނީ ރާއްޖޭގެ ނިއުރޭޑިއަންޓާއި އެކު 2015 ވަނަ އަހަރު ކުޑަ ދުވަސްކޮޅަކު މަސައްކަތްކޮށްފައެވެ. އަލަގިޗްގެ އިރުޝާދުގެ ދަށުން ނިއުއިން ކުޅުނީ އެންމެ ދެ މެޗެވެ. ދެ މެޗުންވެސް ބަލިވުމާއި އެކު އަލަގިޗްވަނީ އަމިއްލައަށް ޓީމުންވަކިވެފައެވެ.

އާމިރު އަލަގިޗް އަލަށް މި ހަވާލުވި ލަންކާގެ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ރާއްޖޭގެ ކްލަބު އީގަލްސްއަށް ކުޅޭ ސުޖަން ޕެރޭރާއެވެ.

ނިއުއަށް ކުރިން ކޯޗުކޮށްދިން ނިކޯލާ ކަވަޒޮވިޗަކީވެސް ލަންކާގެ ގައުމީ ޓީމަށް އިރުޝާދު ދިން ކޯޗެކެވެ. ނިކޯލާއާ އެކު ނިއުއިންވަނީ 2015 ވަނަ އަހަރު ލީގު ކާމިޔާބުކޮށްފައެވެ.

ލަންކާގެ ކޯޗްގެ މަގާމުގައި އެންމެ ފަހުން ހުރީ ރާއްޖޭގައި ގިނަ ދުވަސްތަކެއްވަންދެއް މަސައްކަތް ކުރި ލަންކާގެ ރައްޔިތެއްކަމަށްވާ ޕަކީރު އަލީއެވެ. ޕަކީރު އަލީގެ އިރުޝާދުގެ ދަށުން ލަންކާއިންވަނީ ސާފު ޗެމްޕިއަންޝިޕުގައި ރާއްޖެއާ އެއްވަރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް