ads
ޝިލްޕާ އާއި އޭނާގެ އާއިލާ--
ދަރިއަކު ހޯދަން މަސައްކަތްކުރާތާ ފަސް އަހަރުވެއްޖެ: ޝިލްޕާ
ބޮލީވުޑުގެ މަޝްހޫރު ތަރި، ޝިލްޕާ ޝެޓީ، ސަރޮގެސީ މެދުވެރިކޮށް ދަރިއަކު ހޯދާފައިވާއިރު އެކުއްޖާ އެގޮތަށް ހޯދީ، ދަރިއަކު ހޯދަން ފަސް އަހަރު މަސައްކަތްކޮށްގެން ވެސް ނުލިބުމުން ކަމަށް ޝިލްޕާ ބުނެފި އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް މި މަހުގެ 15 ވަނަ ދުވަހު، އަންހެން ދަރިއަކު ލިބިފައިވާކަން ޝިލްޕާ ހާމަކޮށްފައިވާއިރު އެކުއްޖާ މިވަނީ ސަމީޝާ ޝެޓީ ކުންޑްރާގެ ނަން ދީފަ އެވެ. 

ސަރޮގެސީ މެދުވެރިކޮށް ދަރިއަކު ލިބުމުން ޝިލްޕާ ބުނީ، ދަރިފުޅު އައުމުގެ ކުރިން ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ނިންމައި، މުޅި މަސް އެއްކޮށް ފްރީކޮށްފައިވާ ކަމަށެވެ.

ދެހާސް ނުވަ ވަނަ އަހަރު، ޝިލްޕާ އާއި ވިޔަފާރިވެރިޔާ ރާޖު ކުންޑްރާ ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ވަނީ 2012 ވަނަ އަހަރު ފިރިހެން ކުއްޖަކު ލިބިފަ އެވެ. 

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފުވި ޝިލްޕާ އެންމެ ފަހުން ފެނިގެން ދިޔައީ 2007 ވަނަ އަހަރު ނެރުނު ފިލްމު، "އަޕްނޭ" އިންނެވެ. ފިލްމީ ދާއިރާއާ 12 އަހަރު ދުރުގައި އުޅުމަށް ފަހު ޝިލްޕާ މި ވަނީ، އެނބުރި ފިލްމި ދާއިރާއަށް އައުމަށް ތައްޔާރުވެފަ އެވެ.

ފިލްމީ ދާއިރާއާ ދުރަށް ދިޔަ ނަމަވެސް އުމުރުން 44 އަހަރުގެ ޝިލްޕާ، އޭނާގެ ސަޕޯޓަރުންނާ ދުރަކަށް ނުދެ އެވެ. އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ދިޔައީ އުޅޭ ނޫޅޭ ގޮތް ސަޕޯޓަރުންނަށް އަންގަމުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަފާތު ޑާންސް ރިއަލިޓީ ޝޯތަކުގައި ޖަޖެއްގެ ގޮތުގައި ޝިލްޕާ ފެނިގެން ދިޔަ އެވެ.

ޝިލްޕާ ކުޅެފައި ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ބާޒިގަރް" އާއި "ދަޅްކަން" އާއި "ރިޝްތޭ" އާއި "ހިންމަތު" އާއި "އާގް" އާއި "ޕަރްދޭސީ ބާބޫ" އާއި "ލާލް ބާދްޝާހް" އަދި "ފަރޭބް" ހިމެނެ އެވެ.

22%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް