ads
ކުޑަ ކުއްޖަކަު ރޭޕްކުރި ސިފައިންގެ މީހާއަށް ދައުވާކުރަން ފޮނުވުން-
ރޭޕްގެ ތުހުމަތުކުރާ ސިފައިންގެ މީހާގެ މައްޗަށް ދައުވާކުރަނީ
އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ސިފައިންގެ މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ފޮނުވައިފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 22 ގައި އެމީހާ ހައްޔަރުކުރިއިރު އޭނާގެ މައްޗަށް ކުރަނީ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި، ރޭޕް ކުރުމުގެ ތުހުމަތެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ހދ. ނޮޅިވަރަމްފަރު ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށް  "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ ތިން ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ނ. ގެ ދަށުން، ދައުވާ ކުރުމަށް ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

އެގޮތުން ޕީޖީ އޮފީހުން އޭނާގެ މައްޗަށް ކުރާ ދައުވާއަކީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ހަތްލުމުގެ ދައުވާ އެވެ.

އަންހެން ކުއްޖާ ރޭޕްކުރި މައްސަލަ ފެންމަތިވުމާއެކު މިދިޔަ ޖެނުއަރީ މަހުގެ 23 ގައި ވަނީ ސިފައިންގެ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް