ads
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022 ބެޑްމިންޓަން މުބާރާތް ރައީސް ފަށްޓަވައިދެއްވައިފި
ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވައުދާއި އެއްގޮތަށް، މިއަހަރު ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ 7 ވަނަ މުބާރާތްކަމުގައިވާ، "މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022" ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، މާލޭ ކުޅިވަރު އެކުވެނި، ބެޑްމިންޓަން އިންޑޯ ހޯލްގައެވެ. މިމުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގެ ބައެއް މެޗުތައް ބައްލަވާލައްވާފައެވެ.

މި އަހަރުގެ ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދާނީ، މި އޮކްޓޫބަރުމަހުގެ 18 އިން 23 އަށެވެ. މިމުބާރާތުގައި ދުނިޔޭގެ 25 ގައުމަކުން ދުއިސައްތައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް