ads
ފޮޓީ: އެޗްޑީސީ
އެޗްޑީސީއިން ޒުވާނުންގެ ދިސާގެ ނަމުގައި ހާއްސަ ކޭމްޕެއް ބާއްވަނީ
ޒުވާނުންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޗްޑީސީއިން ހާއްސަ ކޭމްޕެއް ބޭއްވުމަށް ނިންމައިފި އެވެ.

އެޗްޑީސީއިން މައުލޫމާތު ދޭ ގޮތުގައި ޒުވާނުންގެ ދިސާގެ ނަމުގައި ބާއްވާ މި ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ، އެ ކޯޕަރޭޝަނާއި، ޔޫތް މިނިސްޓްރީ ގުޅިގެން ކަމަށެވެ. 

އުޅުމުގެ ރިވެތި އާދަތަކާއި ލައިފް ސްކިލްގެ އެކި މައުލޫމާތުތަކާއި ހަރަކާތްތަކާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދިސާގައި ބައިވެރިވުމުގެ ފުރުސަތު އެޗްޑީސީއިން މިއަދު ވަނީ ހުޅުވާލާފަ އެވެ، 

މި ކޭމްޕުގައި ބައިވެރިވާން ބޭނުންވާ އުމުރުން 16 އަހަރާއި 20 އަހަރާއި ދެމެދުގެ ޒުވާނުން، އޮންލައިން ކޮށް އެކަމަށް ބޭނުންވާ ފޯމު ފުރުމަށް އެޗްޑީސީއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އަދި މި ކޭމްޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ފަރުކޮޅުފުށި ކޮންފެރެންސް ހޯލުގައި ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. އަދި މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، 30 ބައިވެރިންނަށް ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

މި ހަރަކާތަކީ 2019 އިން ފެށިގެން ޔޫތް މިނިސްޓްރީ އާއި ގުޅިގެން އެ ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް ގެންދަމުން އަންނަ ހަރަކާތެކެވެ. 

އެޗްޑީސީގެ އަމާޒަކީ ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް