ads
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
ގަސް ފިހާރަ ހުޅުވައިގެން ސިޓީ ކައުންސިލް ޖޫރިމަނާކޮށްފި
ހުއްދަ ނެތި ގަހުގެ ވިޔަފާރިކުރާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލް 10،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ސިޓީ ކައުންސިލަށް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެންނެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭ ސިޓީ ކައުންސިލުން "މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރަ ހުޅުވީ އެފަދަ ކަމެއް ނުކޮށެވެ. ސިޓީ ކައުންސިލް ޖޫރިމަނާ ކުރީ އެހެންވެއެވެ.

މާލޭ ސިޓީ ކައުންސިލުން ހެންވޭރުކޮޅުގައި ގަސް ފިހާރައެއް ހުޅުވީ މި މަހު ކުރީކޮޅުއެވެ. އެއީ މާލޭގައި އެއް ލައްކަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން، ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެކެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް