ads
ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު
އިންޓަޕޯލްގައި މަސައްކަތް ކުރަން ދިވެހި ފުލުހުންނަށް ފުރުސަތު
އިންޓަޕޯލްގައި ހިދުމަތް ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިއްޖެ އެވެ.

އިންޓަޕޯލްގައި ހިދުމަތް ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް ލިބުނުކަން ހާމަ ކުރެއްވީ، އިންޓަޕޯލްގެ 90 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިޔާގެ ނިއުދިއްލީއަށް ވަޑައިގެން ހުންނަވައި ޕޮލިސް ކޮމިޝަނަރު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު ފުރުސަތުގައި ޗީފް އިންސްޕެކްޓަރެއް ފްރާންސްގެ ލިޔޯންގައި ތިން އަހަރުގެ މުއްދަތަކަށް އިންޓަޕޯލަށް ހިދުމަތް ކުރަން ހުންނަން ޖެހޭނެ ކަމަށެވެ. ހިދުމަތް ކުރުމަށް ކަނޑައެޅޭ އޮފިސަރު ހޮވުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން އިންޓަޕޯލް އިން ނިންމާނެ ކަމަށް ވެސް ހަމީދުގެ ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް