ads
ފަތުރުވެރިއަކު ކޮރޯނާއަށް ސްކްރީންކުރަނީ-- ފޮޓޯ: އެޗްޕީއޭ
ރާއްޖެ އައި ދެ ކްރޫޒް ލައިނާގައި ތިބި ބަޔަކު ކޮރޯނާ ވައިރަހަށް ސްކްރީންކޮށްފި
މާލެ ސަރަހައްދުގައި އަޅާފައި އޮތް ދެ ކްރޫޒް ލައިނާއެއްގެ ތިބި މީހުން ކޮރޯނާ ވައިރަސް އަށް ސްކްރީންކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނެފި އެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ޓެސްޓު ކުރެވުނު ފުރަތަމަ ކްރޫސް ލައިނާ، މިސް މާކޯ ޕޯލޯ އިން 984 މީހަކު ވަނީ ކޮރޯނާ ވައިރަސް އަށް ސްކްރީން ކުރެވިފައި ކަމަށެވެ. މިއީ 341 ފަސިންޖަރުންނާއި، ލައިނާގެ ކްރޫ އަށް ތިބި 643 މީހުންނެވެ. ސްކްރީން ކުރެވުނު މީހުންގެ ތެރެއިން އަށް މީހެއްގެ ހުން ހުރި ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ދެވަނަ ކްރޫސް ލައިނާ ނޮޓިކާ އިން ޖުމްލަ 1034 މީހަކު ކޮރޯނާ ވައިރަސް އަށް ސްކްރީން ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެ އެވެ. އޭގެ ތެރެއިން ހުން ހުރީ ދެ މީހެއްގެ އެވެ.

އޭގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހު މިސް ކޯސްޓާ ވިކްޓޯރިއާ ނަމަކަށް ކިޔާ ކްރޫސް ލައިނާ އަކުން 2،460 މީހަކު ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރެވުނު ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި މީގެ ތެރެއިން 12 މީހެއްގެ ގައިން ހުމުގެ އަސަރު ފެނިފައިވާ ކަމަށް ވެސް ބުނެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ އެމީހުންގެ ގައިން ހުން ފެނުން ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު މީގެ 14 ދުވަސް ކުރިން ޗައިނާއަށް ދަތުރުކޮށްފައި ނުވާ ކަމަށެވެ. އަދި އެތަނުން އެކަކު ވެސް ކަރަންޓީންކުރަން ނުޖެހޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިމަހުގެ ވިހި ވަނަ ދުވަހު ވަނީ ރާއްޖޭއަށް ކޮރޯނާ ވައިރަހަށް ޓެސްޓްކުރުމަށް ބޭނުންކުރާ ކިޓްތަކެއް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. މިހާތަނަށް މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވި ނަމަވެސް ޗައިނާއަށް ދަތުރުކުރި ދިވެހިންތަކެއް ކަރަންޓީންކުރި އެވެ. ނަމަވެސް އޭރު އިންޑިއާއިން ހެދި ޓެސްޓުތަކުގެ ނަތީޖާއިން އެމީހުން ބައްޔަށް ނެގެޓިވްވުމުން ވަނީ އެމީހުން ދޫކޮށްލާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް