ads
ޑރ. ބިލާލް ފިލިޕްސް
ހަރުކަށި ފިކުރަށް ވަނީ ވަކި ބަޔަކު ބުނީމަތަ؟
މި ފަހުން ގިނަ ބަޔަކު ކަންބޮޑުވުން އެންމެ ބޮޑަށް ފާޅުކުރި އެއްކަމަކީ ދުނިޔޭގެ މައްޝޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެއަށް ގެނައުމަށް ނިންމުމަށް ފަހު އެ ހަރަކާތް މަޑުޖައްސާލި މައްސަލައެވެ.

ޑރ. ބިލާލް ފިލިޕްސް ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ހާމަކުރެއްވި ހިސާބުން ފެނިގެން ދިޔައީ އެމްޑީޕީގެ މަތިފަޑީގެ ބައެއް ފަރާތްތަކުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރި ތަނެވެ. 

ޑރ. ބިލާލް ފިލިޕްސް ރާއްޖެއަށް ގެންނެވުމަށް ނިންމުމާއި އެކު އެކަމާއި ދެކޮޅަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ޓްވީޓްކޮށް ހެއްދެވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދެވީ ޑރ. ޕިލިޕްސްއަކީ ހަރުކަށި ފިކުރަށް ވާގިވެރިވާ ގޮތަށް ވާހަކަ ދައްކަވާ އަދި އެކަމުގެ ސަބަބުން ބައެއް ގައުމުތަކަށް އެރުވުން މަނާކޮށްފައިވާ ފަރާތެއް ކަމަށެވެ. 

އަދި އެއާއި އެކު ޑރ. ފިލިޕްސްގެ އިވެންޓް މަޑުޖައްސާލިކަން ޔޫތް މިނިސްޓަރު ހާމަކުރެއްވި އެވެ. 

ރާއްޖޭގައި ހަރުކަށި ފިކުރާއި ގުޅުން ހުރި ކަންކަން ބެލުމަށް އެމްއެންޑީއެފާއި ފުލުހާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު އެބަ އޮތެވެ. އެ ފަރާތްތަކުން މިކަމާއި މެދު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 

އަދި ބޭރުން ދީނީ އިލްމުވެރިއަކު ރާއްޖެއަށް ގެންނަން އުޅޭނަމަ އެމީހަކާއި މެދު ކުރެވޭ ތުހުމަތުތަކަކީ ކޮބައިކަން ބެލުމަކީ ވެސް ކަމާއި ގުޅުން ހުރި އިދާރާގެ ޒިންމާއެކެވެ. އަދި އެކަމަށް ރާއްޖޭގައި ހެދިފައި ހުރި މުއައްސަސާތަކުގެ ލަފައަކަށް އެދެން ވެސް ޖެހޭނެ އެވެ. 

އެ މަގުން ކަންކުރެވޭ ނަމަ، ވަކި ބަޔަކު ބުނުމުން ހަރުކަށި ފިކުރު ކަނޑައެޅޭ އެޅުމަށް ނިމުމެއް އަންނާނެ އެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް