ads
ެއާލިއާ ބަޓް
އާލިއާ ބަޓް: ބޮލީވުޑްގައި 10 އަަހަރު، ހާއްސަ މެސެޖެއް
އާލިއާ ބަޓް ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް ނުކުތްތާ 10 އަހަރު މިއަދު ފުރުމާ ގުޅިގެން ހާއްސަ މެސެޖެއް އޭނާގެ ފޭނުންނަށް ދީފިއެވެ.

ދިހަ އަހަރު ފުރުން ފާހަގަކޮށް އެނާ ފޭނުންނަށް ދިން ހާއްސަ މެސެޖުގައި ބުނެފައިވަނީ، އެނާ ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތް ކޮށް މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މުއްދަތުގައި އޭނާއަށް މަސައްކަތް ކުރަން ފުރުސަތު ލިބުނީތި ޝުކުރުވެރިވާކަމަށެވެ. 

މިހަރު އުމުރުން 29 އަހަރުގެ އާލިއާ އެންމެފުރަތަމަ ފެނުނީ 'ސްޓޫޑަންޓް އޮފްދަ އިޔާ" ކިޔާ ފިލްމަކުން 2012 ވަނަ އަހަރުއެވެ.

އޭގެ ފަހުންވެސް ގިނަ ފިލްމުތަކެއް ކުޅެ މިހާރު އާލިއާ ވަނީ ބޮލީވުޑުން ވެސް ފުރުސަތު ހޯދާފައެވެ. އެނާގެ ހޮލީވުޑް ފިލްމު 'ހާޓް އޮފް ދަ ސްޓޯން' އަންނަ އަހަރު ރިލީޒް ކުރާނެއެވެ.  

"ކޮންމެ ދުވަހަކީ ވެސް ޝުކުރުވާ ދުވަހެއް. މިއަޔަށްވުރެވެސް ރަނގަަޅަށް މަސައްކަތް ކުރަން އަހަރެން ހުވާކޮށް އަޒުމް ކަނޑައަޅަން. ގިނަ ހުވަފެންތަކެއް ދެކި ބުރަ މަސައްކަތް ވެސް ކުރާނަން. ފޭނުންގެ ފަރާތުން ލިބުނު ލޯތްބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. " ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި 10 އަހަރު ހޭދަކުރުމަށްފަހު އާލިއާ ދިން މެސެޖުގައި ބުނެފައިވެއެވެ. 


50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް