ރައީސްގެ ހާއްސަ ސިޓީފުޅެއް އޮމާންގެ ސުލްތާނަށް
އަހުމަދު ހަސަން
19 އޮކްޓޯބަރ 2022 - 23:22:25
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ހާއްސަ ސިޓީފުޅެއް، އޮމާންގެ ސުލްތާން ހައިޠަމް ބިން ޠާރިގަށް މިއަދު އަރުވައިފިއެވެ.
އޮމާންގެ ސުލްތާން ހައިޠަމް ބިން ޠާރިގަށް ރައީސްގެ ސިޓީފުޅު އެރުވީ، މިހާރު ރަސްމީ ދަތުރުފުޅެއްގައި އޮމާނަށް ވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއެވެ. ސުލްތާން ހައިޠަމް ބިން ޠާރިގްގެ ފަރާތްޕުޅުން، ރައީސްގެ ސިޓީފުޅާ ޙަވާލުވެވަޑައިގަތީ އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު އަލްބުސައިދީއެވެ. މި ސިޓީފުޅުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ފޮރިން މިނިސްޓަރު ޝާހިދު މި ވަގުތު އޮމާނަށް ވަޑައިގެން ހުންނެވީ ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ. ޝާހިދުގެ މި ދަތުރުފުޅުގައި ރާއްޖެއާ އޮމާނާ ދެގައުމުގެ ޝައުގުވެރިކަންހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާމެދު މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއާއި އޮމާންއާ، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމާމެދުވެސް މަޝްވަރާކުރެއްވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް