ads
ކްރިމިނަލް ކޯޓު
މަސްތުވެފައި އިންވަރުން ކޯޓުގައި ވާހަކަވެސް ނުދެއްކުނު
ވައްކަން ކޮށްގެން ކޯޓަށް ހާޒިރު ކުރި މީހަކު، މަސްތުވެފައި އިނުމުން ކޯޓުގައި ވާހަކަވެސް ނުދެއްކުނު ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައި ބުނެފިއެވެ.

ވައްކަމުގެ ތުހުމަތުގައި ބަންދު މުއްދަތު ޖަހަން މިއަދު ގެންދިޔަ 31 އަހަރުގެ ފިރިހެނެއްގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ މަސްތުގެ ހާލަތުގައި އިނުމުން ކޯޓުގައި ވާހަކަވެސް ނުދެއްކުނެވެ. 

އަމިއްލަ ހާލައިގެން ގޮނޑީގައިވެސް ނީދެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދުގެ ބަންދު އަމުރުގައި ފާހަގަ ކުރައްވާފައިވެއެވެ.  އޭނާ ބަންދުކޮށްފައިވަނީ އެންމެ ދުވަހަކެވެ. އެއީ މަސްތުގެ ހާލަތުގައި ހުރުމުން އަލުން އެއް ދުވަސް ފަހުން ކޯޓަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކަމަށް އަމުރުގައިވެއެވެ. 

އުމުރުން 31 އަހަރުގެ ދިވެހި މި ފިރިހެން މީހާއަކީ ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ މި ފަދަ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެއެވެ. 

63%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް