ads
ނައިފަރު - ފޮޓޯ: ނައިފަރު ކައުންސިލް
ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ނައިފަރުން ތިން މީހެއްގެ ފޯނު އަތުލައިފި
ޓެރަރިޒަމްގެ މައްސަލައަކާއި ގުޅިގެން ޅ. ނައިފަރުގެ ތިން މީހެއްގެ ގެ ބަލައި ފާސްކޮށް އެމީހުންގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ފުލުހުން އަތުލައިފި އެވެ.

ފުލުހުން ބުނީ، މިމަހުގެ 21 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ޓެރަރިޒަމްގެ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ނައިފަރުގައި ދިރިއުޅޭ ތިން މީހެއްގެ ގޭ ބަލައިފާސްކޮށް އެމީހުންގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ. 

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އައި ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް