ads
ހުޅުމާލެ
'ޑެންގީ އިޖާބަ'، ހުޅުމާލޭގައި ހަރަކާތެއް
ހުޅުމާލޭގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި، އެ ނައްތާލަން ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން އެޗްޑީސީން ނިންމައިފި އެވެ.

"ޑެންގީ އިޖާބަ"ގެ ނަމުގައި އެޗްޑީސީން އިންތިޒާމުކުރާ ހަރަކާތް އޮންނަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެޗްޑީސީން ބުންޏެވެ. މި ހަރަކާތުގައި، ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ނައްތާލައި ސާފުކުރާނެ އެވެ. މި ހަރަކާތުގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކާއި ސުކޫލްތަކާއި އަދި އަމިއްލަ ޖަމިއްޔާތަކުން ވެސް ބައިވެރިވާނެއެވެ. އާންމުންނަށް މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ. 

ޑެންގީ އިޖާބަގެ ނަމުގައި އެޗްޑީސީގެ އިސް ނެގުމަކަށް މަދިރި މަދު ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެފައިވާއިރު، ރާއްޖެއަށް މި ފަހުން ކުރި ވިއްސާރައިގައި މަދިރި ގިނަވެ، ޑެންގީވަނީ އާއްމު ވެފައެވެ. އަދި ޑެންގީއަށް ފަރުވާ ހޯދަމުން ދިޔަ ތުއްތު ކުދިންނާއި ޒުވާނަކު މި ފަހުން ނިޔާވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް