ads
ފޮޓޯ: އެސްޓީއޯ
އެސްޓީއޯ އިން މަކިޓާ ބްރޭންޑްގެ އާ އުފެއްދުންތަކެއް ދައްކާލައިފި
އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ މަކީޓާ ބްރޭންޑުގެ އާ ޕްރޮޑަކްޓުތަކެއް ތައާރަފުކޮށްފި އެވެ.

އެސްޓީއޯ އިން މިކަމަށްޓަކައި ބޭއްވި "މަކިޓާ ނައިޓު" ގައި ވަނީ މަކިޓާއިން ދުނިޔޭގެ ބާޒާރަށް އަލަށް ނެރުނު ބައެއް އުފެއްދުންތައް ދައްކާލާފަ އެވެ.

މަކީޓާއިން އަލަށް ނެރުނު ޕްރޮޑަކްޓުތަކުގެ ތެރޭގައި ބެޓެރިން ބޭނުންކުރެވޭ ފެން ހޫނުކުރާ ޖަގާއި، ބްލޫޓޫތު ސްޕީކަރު އަދި ގަސް ކޮށާ ކަޓަރާއި، ކަރަންޓު ކީހާއި، ޓިނު ކަޓަރު ފަދަ ތަކެތި ހިމެނެ އެވެ.

އެސްޓީއޯ އިން ބޭއްވި ރަސްމިއްޔާތުގައި އަލަށް ތައާރަފްކުރި ބައެއް ސާމާނުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފަ އެވެ. 

މި ރަސްމިއްޔާތުގައި މަކީޓާ ސިންގަޕޫރުގެ ރީޖަނަލް ސޭލްސް މެނޭޖަރު ޕްރަމޯދު ޗަންދްރަން ވަނީ މި ޕްރޮޑަކްޓް ތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ދެއްވާފަ އެވެ. 

މަކިޓާގެ އުފެއްދުންތައް އެސްޓީއޯއިން ވިއްކަން ފަށާފައިވަނީ 1998 ވަނަ އަހަރެވެ. އެސްޓީއޯއަކީ މަކިޓާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓަރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް