ads
ކްރިޒޭން އާއި ސަލްމާން--
ކްރިޒޭން އާއި ސަލްމާން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ
އިންޑިއާގެ މަޝްހޫރު ޓީވީ ތަރި، ކްރިޒޭން ބަރޭޓޯ އާއި އޭސް އޮފް ސްޕޭސްގެ ތަރިން ސަލްމާން ޒައިދީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ކްރިޒޭން އާއި ސަލްމާން އިއްޔެ ރާއްޖެ އައިސްފައިވާއިރު މި ދެތަރިން ޗުއްޓީ ހޭދަކުރަމުން ދަނީ ކަނޑިންމަ މޯލްޑިވްސްގަ އެވެ. ދެތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައި ނުވި ނަމަވެސް ދެ ތަރިން ވެސް ވަނީ ކަނޑިންމަ ރިސޯޓުގަ ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ. 

ސަލްމާން އާއި ކްރިޒޭން ދިމާވީ އެމްޓީވީން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ، އޭސް އޮފް ސްޕޭސް އިން މިދިޔަ އަހަރެވެ. މި ޝޯގެ ތެރެއިން ދެ ތަރިން ވަނީ އެކަކު އަނެކަކު ދެކެ ލޯބިވާކަން ވެސް ހާމަކޮށްފަ އެވެ. 

ކްރިޒޭން ވަނީ ކާމިޔާބު ގިނަ ޝޯތަކުން ފެނިގެން ގޮސްފަ އެވެ. އެގޮތުން، "ކޭސޭ ޔޭ ޔާރިޔާން" އާއި "ޕިޔާރު ތޫނޭ ކިޔާ ކިޔާ" އާއި "ކަހާނީ ހަމާރީ.. ދިލް ދޯސްތި ދީވާނޭޕާން ކީ" ގެ އިތުރުން "ސަސުރާލް ސިމަރް ކާ" ފަދަ ޝޯތަކުން އޭނާ ވަނީ ފެނިގެންގޮސްފަ އެވެ.

ސަލްމާން ވަނީ މިދިޔަ އަހަރުގެ އޭސް އޮފް ސްޕޭސް ކާމިޔާބުކޮށްފަ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް