ads
ފޮޓޯ: އަވަސް
އެމްބަސީ ބަޖެޓުން އަބްދުއްރަހީމްގެ ދަރިފުޅާއި އަންހެނުންގެ އައިނު ހަދަން 72000ރ!
މެލޭޝިއާގައި ހުންނަ އެމްބަސީގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް އިބްރާހިމް މަސައްކަތް ކުރެއްވި ދުވަސްވަރު، އޭނާ އާއި އޭނާގެ އަންހެނުންގެ އައިނު ހެދުމަށް އެމްބަސީ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެ އެމްބަސީގެ މިނިސްޓާ ކައުންސެލާ އާއި އެބޭފުޅާގެ އަނބިކަނބަލުން "ޕްރާޑާ" ބްރޭންޑްގެ އައިނު ގަތުމަށް 72،438 ރުފިޔާ އެމްބަސީ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ. 

އަދި އެކަން ކޮށްފައިވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށްދޭ އެލަވެންސްތަކާއި އިނާޔަތްތަކުގެ އުސޫލާ ހިލާފަށް ކަމަށެވެ.

މީގެ އިތުރުން މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށް އޭރު ކަނޑައަޅާފައި ހުރި ސަފީރާއި ސަފީރުގެ އަނބިކަނބަލުންގެ މެޑިކަލް ޗެކަޕް ހެދުމަށް 26،360 ރުފިޔާ އެމްބަސީ ބަޖެޓުން ހަރަދުކޮށްފައިވާކަމަށް ވެސް އޮޑީޓް ރިޕޯޓްގައި ވެއެވެ. 

އަދި އެކަން ވެސް ކޮށްފައިވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށް ދޭ އެލަވެންސްތަކާއި އިނާޔަތްތަކުގެ އުސޫލާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. 

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް