ads
އެނާޖީ ޑްރިންކު ބުއިން ހުއްޓާލުން
އެނާޖީ ޑްރިންކް ބުއިން ހުއްޓާލާނީ ކިހިނެތް؟
އެނާޖީ ޑްރިންކަކީ ވަރަށް މަޝްހޫރު ބުއިމެކެވެ. މި ބުއިމަކީ ގައިގައި ހަކަތަ ޖެއްސުމާ ސަމާލުކަން އިތުރު ކުރުމަށް ގިނަ ބަޔަކު ބޮއެ އުޅޭ ބުއިމެކެވެ.

އެނާޖީ ޑްރިންކެއްގައި އާންމުކޮށް ހިމެނެނީ، ކެފެއިން، ހަކުރު، ވިޓަމިން ބީ، ފަތްޕިލާވެލި އަދި އެމިނޯ އެސިޑެވެ. އެނާޖީ ޑްރިންކުން ބައެއް ކުދިކުދި ފައިދާ ވީނަމަވެސް، ސިއްހީ ބޮޑެތި މައްސަލަތަކެެއް އެނާޖީ ޑްރިންކުން މެދުވެރި ކުރުވަ އެވެ. އެނާޖީ ޑްރިންކަށް ގިނަ ބަޔަކު ވަނީ ދެވި ހިފާފައެވެ. 

އެނާޖީ ޑްރިންކް ބުއިން ހުއްޓާލާނީ ކިހިނެތް؟ 

ދެ ގޮތަކަށް މިކަން ކުރެވިދާނެ އެވެ. ފުރަތަމަ ގޮތަކީ ކުއްލިއަކަށް ހުއްޓާލުމެވެ. މިގޮތަަށް ހުއްޓާލުމުން "ވިތްޑްރޯވަލް" ސިންޑްރޮމްސް އާ ވެސް ދިމާވެދާނެ އެވެ. ދެ ވަނަ ގޮތަކީ ބޯ މިންވަރު މަޑުމަޑުން މަދުކުރަމުން ގޮސް ހުއްޓާލުމެވެ. 

އެނާޖީ ޑްރިންކު ކުއްލިއަކަށް ހުއްޓާލުމުން، ބޯ އެނބުރުމާ، ހޮޑު ލެވުން ފަދަ ކަންކަން ކުރިމަތިވާ ނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދަންޖެހެ އެވެ. 

އެނާޖީ ޑްރިންކުގެ ބަދަލުގައި ބޮވިދާނެ ތަކެތި:

1. ކޮފީ (ޑީކެފް ކޮފީ)

2. ފުރުޓާ އެއްކޮށްފައި ހުރި ފެން 

3. ސްޕާކްލިން ވޯޓާ

4. ގްރީން ޓީ

5. ހާބަލް އަދި ފުރުޓް ޓީ

6. ފާމެންޓެޑް ޓީ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް