ads
ފޮޓޯ: ގޫގަލް
ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކެއް އަޅަނީ
ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފި އެވެ.

މިކަމާއި ގުޅިގެން އެޗްޑީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޗާޖިން ސްޓޭޝަންތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 3:30 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

އެޗްޑީސީއިން އިތުރަށް ބުނީ، ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ހިންގާ މި ޕްރޮޖެކްޓުގައި ޗާޖިން ސްޓޭޝަންތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ، އެޗްޑީސީއިން ހަމަޖައްސާ ތަނެއްގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެޗްޑީސީއިން ބުނީ، އެ ޗާޖިން ސްޓޭޝަން ތަކުގެ އެޕްލިކޭޝަން އަކީ، ރާއްޖޭގެ ޕޭމަންޓް ގޭޓްވޭ ބޭނުން ކުރެވޭނެ ގޮތަށް ހުރި ޗާޖިން ސްޓޭޝަން ތަކަކަށް ވާންޖެހޭނެ ކަމަށެވެ. 

ޕައިލެޓް ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކުރާ ފަރާތެއް ހޮވުމުގައި ސަޕްލަޔަރުގެ ތަޖުރިބާ އާއި ހުށަހަޅާ އިކުއިޕްމަންޓުތަކަށާއި ޕްރޮޖެކްޓު ނިންމައި ހަވާލު ކުރެވޭނެ ކަމަށް ލަފާ ކުރާ ތާރީހަށް އިސްކަންދޭއިރު ފަންޑު ކުރަނީ އެޗްޑީސީ އާއި ޕްރޮޖެކްޓުގެ ސަޕްލަޔަރާ ގުޅިގެން ހަމައަށް ބަހާލައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް