ads
މާލެ ސަރަހައްދުގައި އޮތް ކުރޫޒްލައިނާއެއް- ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
ކުރޫޒްލައިނާއިން ނުފޭބުމުން ޓޫރިސްޓުން އަލުން ފުރައިފި
މާލެ އަށް ފައިބަންވެގެން އައި ކުރޫޒްލައިނާ އަކުން ޓޫރިސްޓުންނަށް ނުފޭބުމުން، މާލެ ނުފައިބާ ކުރޫޒްލައިނާ އަލުން ފުރައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން މައުލޫމާތު ދިން ގޮތުގައި ހޮނިހިރު ދުވަހު މާލެ އައި މި ކުރޫޒްލައިނާ އިން މާލެ ފޭބުމަށް 900 ފަތުރުވެރިން އޮތީ ނިންމާފައެވެ. އެހެންނަމަވެސް މާކޯ ޕޯލޯ ކުރޫޒްލައިނާ ބަނދަރު ކުރާނެ ތަނެއް ނުލިބުމުން ފަތުރުވެރިންނަށް ވަނީ މާލެ ނުފޭބިފައެވެ. 

ރާއްޖޭގައި ކުރޫޒްލައިނާ ޓާމިނަލް އެއް ނެތުން މީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށާއި ކުރޫޒްލައިނާ ބަނދަރުކުރަން މާލޭގެ އެއް ނަންބަރު ފާލަން ނޫންތަނެއް ނެތްކަމަށް މާޔާގެ އޮފިޝަލަކު ބުންޏެވެ. 

މާޔާގެ އޮފިޝަލު ވަނީ ފަތުރުވެރިން މާލެ ފޭބުމަށްފަހު މަޑުކޮށްލާނެ ތަނެއްވެސް ނެތް ކަމަށާއި، ފާހަނަ ކޮށް ހަދާނެ ތަނެއްވެސް ނެތް ކަމަށް ބުނެފައެވެ. 

މިފަދަ ފަތުރުވެރިންނަށް ހާއްސަކޮށްގެން މަސްވެރިންގެ ޕާކު ސަރަހައްދުގައި ތަނެއް ހާދާފައި ވީނަމަވެސް މިއީ އެފަދަ ފަރާތްތަކަށް އެންމެ އެކަށޭނަ ތަނެއް ކަމުގައި ގިނަ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. 

މާކޯ ޕޯލޯ ކުރޫޒްލައިނާގެ އިތުރުން ނައުޓިކާ އާއި ކޮސްޓާ ވިކްޓޯރިއާ ކުރޫޒްލައިނާ ވަނީ ހޮނިހިރު ދުވަހު މާލޭގައި ބަނދަރުކޮށްފައެވެ. މި ދެ ކުރޫޒްލައިނާއިން ގާތްގަޑަކަށް 3000 ފަތުރުވެރިން މާލެ ފައިބާނެކަމަށް ލަފާކުރެވެއެވެ. 

5%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
68%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް