ads
ކޮޅުމަޑުލު ވޮލީ މުބާރާތުގެ ތެރެއިން
ކޮޅުމަޑުލު 6 ވަނަ ވޮލީބޯޅަ މުބާރާތް ފެށިއްޖެ
ރާއްޖޭގައި ވޮލީގެ ފޯރި ގަދަވެފައިވާ މި ދަޑިވަޅުގައި ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާއިން ތ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން "ކޮޅުމަޑުލު 6 ވަނަ ވޮލީބޯޅަ މުބާރާތް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ވޮލީ މުބާރާތް ހުކުރު ދުވަހު ތ.އަތޮޅުގެ ވެރިރަށް ވޭމަންޑޫ ފެށިއްޖެއެވެ.

މުބާރާތް ފައްޓަވައި ދެއްވީ ޝަރަފްވެރި މެޙްމާނު މޯލްޑިވްސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުއެވެ.

މިމުބާރާތް ފެށުމުގެގޮތުން ހުކުރު ކުޅުނު މެޗްގައި ބައްދަލުކުރީ މިމުބާރާތުގެ އަންހެން ޑިވިޝަންގެ ދެޓީމް ކަމުގައިވާ ވޭމަންޑޫ އަދި ހިރިލަންދޫއެވެ. މިމެޗް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބުކުރީ ހިރިލަންދޫ ޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫ ޓީމްގެ ޖާރޒީ ނަމްބަރ 2 ދިނޭޝާ ޕްސަދަނީ އެވެ. މިމުބާރާތުގެ 2 ވަނަ މެޗްގައި ރޭ މަޑިފުށީ ޓީމާއި ބުރުނީ ޓީމްގެ މެޗް ސީދާ 3 ސެޓުން މެޗް ކާމިޔާބުކުރީ މަޑިފުށީ ޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަޑިފުށީ ޓީމްގެ ޖާރޒީ ނަމްބަރ 13 އަނުސްރީ އެވެ. އަދި  3 ވަނަ މެޗްގައި ރޭ 22:00 ގައި ތިމަރަފުށީ ޓީމާއިކުޅެ ސީދާ 3 ސެޓުން މެޗް ކާމިޔާބުކުރީ ކިނބިދޫ ޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިނބިދޫ ޓީމްގެ ޖާރޒީ ނަމްބަރ 19 ހައްވާ ރިފާޢު އެވެ.

އަތޮޅުގެ 6 ރަށަކުން އަންހެން ފިރިހެން ހިމެނޭގޮތަށް ޖުމްލަ 10 ޓިމް ވާދަކުރާ މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ޑިވިޝަނަކަށް ބަހާލައިގެން ( އަންހެން، ފިރިހެން). މިމުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރޭގައި ބުރުނި،ހިރިލަންދޫ، ވޭމަންޑޫ، ކިނބިދޫ މިއިން ކޮންމެ ރަށަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރިވެފައިވާއިރު ތ. މަޑިފުށި އަދި ތިމަރަފުށީން ބައިވެރިވެފައިވަނީ ހަމައެކަނި އަންހެން ޓީމެވެ.

ރާއްޖޭގެ ގައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންނާއި އަވައްޓެރި ގައުމުތަކުގެ ގައުމީ ޓިމްތަކަށް ނިސްބަތްވާ މޮޅެތި ކުޅުންތެރިންގެ ތަފާތު މޮޅު ކުޅުންތައް ފެނިގެންދާނެ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 40000.00 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮޕީ އަތޮޅު ކައުންސިލުން ދިނުމަށް ހަމަޖެހިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް