ads
ޗައިނާގެ ކުރީގެ ރައީސް ހޫ ޖިންޓާއޯ
ޗައިނާ: ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްއިން ޗައިނާގެ ކުރީގެ ރައީސް ބޭރުކޮށްލައިފި
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި އިށީދެވަޑައިގެން އިންނަވަނިކޮށް ޗައިނާގެ ކުރީގެ ރައީސް ހޫ ޖިންޓާއޯ ބޭރުކޮށްލައިފިއެވެ.

ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި، ރައީސް ޝީ ޖިންޕިންގެ އަރިހުގައި އިންނެވި އުމުރުން 79 އަހަރުގެ ހޫ ވަނީ ފުރަތަމަ ފަސްޖެހިވަޑައިގަތެވެ.

އެހެންނަމަވެސް ސްޓުވާޑެއް އައިސް ހޫއަށް އެއްވެސް ކަމެއް ކުރެވުމުގެ ކުރިން  އަތުގައި ހިހިފިއެވެ.  އެއަށްފަހު ހޫގެ ދެ ކިހިލިފަތްދަށަށް ދެއަތް ލެއްވުމުން ގޮނޑިން ތެދުވެވަޑައިގަތުމަށް މަޖުބޫރު ވިއެވެ.

ހޫ ހޯލުން ނެރުނީ ރައީސް ޝީ އާއި ޕްރިމިއާ ލީ ކެކިއާންގްއާ ހޫ  މިނެޓެއްހާއިރު ވާހަކަ ދެއްކެވުމަށް ފަހުއެވެ. 

ވީޑިއޯއިން ފެންނަގޮތުގައި ހޫ އެމަޖިލީހަށް ގެންދެވި ކަރުދާސްތަކެއް ނަންގަވަން މަސައްކަތް ކުރައްވައެވެ. އެހެންނަމަވެސް އެތަކެތި ނުދީ އޭނާގެ އެތައްހާސް އެކުވެރިންގެ ކުރިމަތީ ހޯލުން ބޭރު ކޮށްލިއެވެ. 

ޗައިނާގެ ސަރުކާރުގެ މީޑިއާއިން ބުނީ ހޫގެ ސިއްހީ ހާލުކޮޅު އެވަގުތު ރަންގަޅު ނޫން ކަމަށެވެ. 

ސަރުކާރު މީޑިއާ ޒިންހުއާއިން ބުނިގޮތުގައި ހޫގެ ހާލުކޮޅު އެވަގުތު ރަނގަޅު ނޫން ކަމަށްވާތީ، އޭނާގެ ސްޓާފެއް އޭނާ އެތަނުގެ ކޮޓަރިއަކަށް ގެންދެވީއެވެ. އެ ނޫހުން ބުނީ މިހާރު އޭނާގެ ހާލުކޮޅު ރަނގަޅުކަމަށެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް