ads
ނޮޅިވަރަމް ސީއާރުސީއަށް ލިބުނު ފައިސާގެ އިނާމު އެރަށު ސްކޫލަށް ހަދިޔާކުރުން
ވޮލީ ޗެމްޕިއަން ޓީމަށް ލިބުނު ފައިސާ ހަދިޔާކުރީ ނޮޅިވަރަމް ސްކޫލަށް
ނިމިދިޔަ ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބް (ނޮޅިވަރަމް ސީއާރުސީ) އަށް ލިބުނު ފައިސާގެ އިނާމު އެރަށު ސްކޫލަށް ހަދިޔާކޮށްފިއެވެ.

މިފައިސާ ހަދިޔާ ކޮށްފައިވަނީ، ނޮޅިވަރަމު ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީ ގަތުމަށް އެހީވުމުގެ ގޮތުންނެވެ. ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަން ނޮޅިވަރަމް ސީއާރުސީ އަށް ފައިސާގެ އިނާމުގެ ގޮތުގައި 20000 ރުފިޔާވަނީ ލިބިފައެވެ. 

  1. މި ފައިސާ ހަވާލުކުރުމަށް ބޭއްވި ހަފުލާގައި، ނޮޅިވަރަމު ސްކޫލުން ފައިސާއާ ހަވާލުވެލެއްވީ ސްކޫލް ޕްރިންސިޕަލް ޢަދުނާން ޢަލީއެވެ. މިހަފުލާގައި ނޮޅިވަރަމް ސީއާރުސީގެ ކުޅުންތެރިންވެސް ބައިވެރިވެފައިވެއެވެ.

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅެވުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. ނޮޅިވަރަމް ސީއާރުސީން ޗެމްޕިއަންކަން ހޯދީ ނޮޅިވަންފަރު ސްޕޯރޓްސް ކުލަބާއި ބައްދަލުކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް