ads
އެފްއޭއެމްގެ ރައިސް ބައްސާމް
ސްޓެލްކޯއިން އެފްއޭއެމަށް: ބިލްތައް ދައްކާ ހަލާސް ކުރޭ
ބަޔާންތައް ނުނެރި ބިލްތައް ދެއްކުމަށް ވިދާޅުވެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު އެފްއޭއެމަށް ރައްދު ދެއްވައިފިއެވެ.

ސްޓެލްކޯގެ އެމްޑީ ޝަރީފް އެފްއޭއެމަށް ރައްދު ދެއްވީ، އެ އިދާރާގެ ކަރަންޓް ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލުމާ ގުޅިގެން އެފްއޭއެމުން ރޭ ނެރެނު ބަޔާނާ ގުޅިގެންނެނެވެ.

6.5 މިލިއަން ރުފިޔާގެ ކަރަންޓް ބިލު ނުދައްކައިގެން އެފްއޭއެމްގެ ކަރަންޓް ސްޓެލްކޯއިން ކަނޑާލުމުން، އެފްއޭއެމުން ރޭ ބުނީ އެއީ އިހުލާސްތެރި ނިޔަތެއް ނެތިކޮށްފައިވާ ކަމެއް ކަމަށެވެ. އެކަމަށް ރައްދު ދެއްވައި ސްޓެލްކޯގެ އެމްޑީ ވިދާޅުވީ ބަޔާން ނުނެރި ބިލްތައް ހަލާސް ކުރައްވާށެވެ.

ސްޓެލްކޯއިން އިއްޔެކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ކުންފުންޏަށް އެފްއޭއެމުން  ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްދެވި، އެކަންވެސްކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން ވަނީ ކަރަންޓު ކަނޑާލާފައި ކަމަށެވެ. އަދި މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ސްޓެލްކޯއިން ވިސްނަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް