ads
މީޑިއާ ކައުންސިލްގެ މެންބަރު މުހައްމަދު ޝާފިއު
މީޑިއާ ކައުންސިލްގެ މެމްބަރު ޝާފިއު ސަސްޕެންޑުކޮށްފި
އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު އުފުލިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާފިއު، މީޑިއާ ކައުންސިލުން ސަސްޕެންޑް ކޮށްފި އެވެ.

"ވަގުތު" ނޫހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޝަފީއު ޖިންސީ ފުރައްސާރަ ކުރާކަމަށް ބުނާ މައްސަލަ އާއި ގުޅިގެން މިރޭގެ ވަގުތެއްގައި މީޑިއާ ކައުންސިލުން ވަނީ، ޖަލްސާއެއް ބާއްވާފަ އެވެ. 

އެ ޖަލްސާގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބަލާ ނިމެންދެން އޭނާ ސަސްޕެންޑު ކުރުމާއި މެދު ވޯޓަށް އެހުމުން ޖަލްސާގައި ތިއްބެވި 13 މެމްބަރުންގެ ތެރެއިން އޭނާ ސަސްޕެންޑު ކުރަން ފެންނަ ކަމަށް ހަ މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. 

އޭނާ ސަސްޕެންޑް ކުރަން ފާސްނުވާކަމަށް ރިޔާސަތުގައި އިންނެވި ކައުންސިލްގެ ރައީސް ޝަފާއު ހުސެއިން އިއުލާން ކުރުމުން ޖަލްސާގައި ތިއްބެވި ބައެއް މެމްބަރުންވަނީ، ޖަލްސާ ބޮއިކޮޓް ކުރައްވާ ޖަލްސާއިން ނިކުމެފަ އެވެ. 

ޖަލްސާ ބޮއިކޮޓް ކޮށް ޖަލްސާއިން ނިކުތީ މެންބަރު އާދަމް ނަވާޒް އާއި މެންބަރު ފާތުމަތު އަހްމަދު އާއި މެންބަރު ޝަހްބާން ފަހްމީ އާއި ޝަފާއަތު ހަބީބް އަދި މެންބަރު މުހައްމަދު އިގުނާޒް އަލީ އެވެ. އެ މެމްބަރުން ޖަލްސާ ބޮއިކޮޓް ކުރައްވާ ނިކުތީ، މީޑިއާ ކައުންސިލުން ޖިންސީ ފުރައްސާރަ ކުރުމަށް ހިތްވަރުދޭކަމަށް ބުނެ އެވެ. 

އެހެން ނަމަވެސް އޭގެ ފަހުން މީޑިއާ ކައުންސިލުން ވަނީ، ޝާފިއު ސަސްޕެންޑު ކުރަން ފާސްވެފައިވާކަމަށް އިއުލާން ކުރައްވާފަ އެވެ. އަދި އެގޮތަށް ފާސްވީ، ވޯޓުގައި ތިން މެމްބަރުން ބައިވެރިނުވުމުން ކަމަށް ކައުންސިލުން ބުންޏެވެ. 

ޝަފީއު ޖިންސީ ފުރައްސާރަ ކުރާކަމަށް ބުނެ، ވަގުތު ނޫހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ތަކުރާރުކޮށް އެ ނޫހުގެ އަންހެން ނޫސްވެރިޔަކަށް މެސެޖުކޮށް އެ މުވައްޒަފުގެ ޒާތީ މައުލޫމާތުތަކާއި ގުޅޭގޮތުން ސުވާލުކުރަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް