ads
ދިރާގުގެ ހެޑް އޮފީސް
ދިރާގުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ދިރާގުގެ އާއްމު ހިއްސާދާރުންގެ ތެރެއިން އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރެއް ހޮވުން އޮންނާނީ މާޗް މަހު ބާއްވާ ދިރާގުގެ އަހަރީ އާއްމު ޖަލްސާގަ އެވެ. އާ ޑިރެކްޓަރުގެ ދައުރު ހަމަވާނީ 2022 ގައެވެ. 

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން މަސައްކަތް ކުރެވޭ މީހަކަށް ވުމާއި، ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުތަކާއި ޝަރުތުތައް ވެސް ހުންނަ މީހަކަށް ވުން ހިމެނެ އެވެ. 

އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިރާގުގެ ހިއްސާދާރާކަށް ވުމާއި، ކުންފުންޏެއްގެ އިސް މަގާމެއް އަދާކުރި މީހަކަށް ވުމެވެ. 

އެ މަގާމަށް ވާދަކުރުމަށްޓަކައި "ދިރާގު ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކޮށް، މާޗް 10 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. 

ކޮންމެ ދެ އަހަރަކުން ހޮވާ މި މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ ދިރާގުން ބާރު އަޅާ ކަމެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް