ads
ޒަހަމްވެފައޮ އޮތް ކުއްޖަކަށް އެހީވުމުގެ ބަދަލުގައި ތިބީ ފޮޓޯ ނަގަން
ޒަހަމްވެފައޮ އޮތް ކުއްޖަކަށް އެހީވުމުގެ ބަދަލުގައި ތިބީ ފޮޓޯ ނަގަން
އިންޑިއާގެ އަވަށެއްގައި ބޮޑެތި ޒަހަމްތަކެއް ވެފައި އޮތް ކުއްޖަކަށް އެހީވުމުގެ ބަދަލުގައި އެ ސަރަހައްދަށް ޖަމާވި މީހުން އެ ކުއްޖާގެ ފޮޓޯ ނަގަން ތިބުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.

ބޮޑެތި ޒަހަމް ތަކާއި އެކު އުތްރަޕްރަދޭޝްގެ އަވަށެއްގެ ޖަންގައްޔެއްގެ ކައިރިން މި ކުއްޖާ ފެނިފައި ވާއިރު، މި ކުއްޖާ އަކީ އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 13 އަހަރުގެ އަންހެއް ކުއްޖެކެވެ. 

މިއަދު ހެނދުނު އެ ކުއްޖާ ފެނިފައި ވާއިރު، ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެހެން ނަމަވެސް އެ ކުއްޖާއަށް އެހީވުމުގެ ބަދަލުގައި އެ ސަރަހައްދަށް ޖަމާވި މީހުން ތިބީ، ކުއްޖާގެ ފޮޓޯ ނަގާށެވެ. އެ ކުއްޖާ އޭރުވެސް އޭނާ އަށް އެހީވެދިނުމަށް އެދި އާދޭސް ކުރަމުން ދިޔަ މަންޒަރު ވީޑިއޯއިން ވަނީ ފެނިގެން ގޮސްފަ އެވެ. 

މި ކުއްޖާއަށް އެންމެ ފަހުން އެހީތެރިކަން ފޯރުކޮށްދިނީ، ފުލުހުން އެ ސަރަހައްދަށް ދިއުމަށް ފަހު އެވެ. 

your imageޒަހަމްވެފައޮ އޮތް ކުއްޖަކަށް އެހީވުމުގެ ބަދަލުގައި ތިބީ ފޮޓޯ ނަގަން

މި ވީޑިއޯ ސޯޝަލް މީިޑިއާގައި ދައުރުވަމުން ދާއިރު، ވީޑިއޯ އަށް ކޮމެންޓު ކުރި ބައެއް ފަރާތްތަކުން ވަނީ، މިއީ އިންސާނިއްޔަތު ކަމުގެ ކުޑަވެސް އަސަރެއް ނެތް ބައެއް ކަމަށް ބުނެފަ އެވެ. އަދި މިއީ އަދިވެސް އިންޑިއާގެ ހޭލުންތެރިކަން ނެތް ކަން ދައްކުވައިދޭ މަންޒަރު ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މި ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި މިހާތަނަށް ހާމަ ކޮށްފައި ނުވާއިރު، ކުއްޖާގެ ބެލެނިވެރިން ވަނީ، މިކަން ފުލުހަށް ހުށަހަޅާފަ އެވެ. 

3%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް