އެފްއޭއެމަށް ފިޔަވަޅު އަޅަން ފީފާއަށް ހުށަހަޅައިފި
ސްޕޯޓްސް ޓީމް
25 އޮކްޓޯބަރ 2022 - 16:37:56
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑޭވޯ ބާބާ އަށް މުސާރަ ނުދީގެން އެފްއޭއެމާ މެދު ފިޔަވަޅު އަޅައިދނުމަށް އޭނާގެ ފަރާތުން ފީފާގައި އެދިއްޖެ އެވެ.
ޑޭވޯގެ ފީފާގައި އެދިފައި ވަނީ، އޭނާގެ މުސާރަ ނުދެނީސް ފީފާގެ ޑިވެލޮޕްމެންޓް ފަންޑުން ދޫކުރާ ފައިސާ ބައެއް އެފްއޭއެމް އަށް ނުދިނުމަށާއި ވަކި މުއްދަތެއް ވަންދެން އިންޓަނޭޝަނަލް ފުޓްބޯޅަ މެޗެއް ނުވަތަ ހަރަކާތެއްގައި ރާއްޖެ އަށް ބައިވެރި ނުވެވޭނެ ގޮތަށް ސަސްޕެންޑް ކޮށްދިނުމަށެވެ.
އެފްއޭއެމުން ޑޭވޯ އަށް ދޭން ޖެހެނީ، 39,919.34 އެމެރިކާ ޑޮލަރު (615،555 ރުފިޔާ) އެވެ. އެ ފައިސާ ދެއްކުމަށް ފީފާގެ ކޮމިޓީން ދިން 45 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ.
20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް