ads
އިލްޔާސް ރައީސްއާ އެކު
ރައީސްއަށް ދެވަނަ ދައުރެއް ދޭކަށް ނުފެނޭ: އިލްޔާސް
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ފެނިވަޑައިނުގަންނަވާ ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

އިލްޔާސް މިހެން ވިދާޅުވީ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އިލްޔާސް ލަބީބް މިއަދު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ އެކަމަކު އަދި ނުލިބިވާ ފައިސާ ހޯދައި، އިސްރާފު ހުއްޓުވާނެ ގޮތެއް ސަރުކާރަށް ނޭނގުނު ކަމަށެވެ. އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ވެންޓިލޭޓަރުތަކުން ގެއްލުވާލާފައިވާ ފައިސާތައް ވެސް ހޯދަން ސަރުކާރަށް ނޭނގުނު ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ޓެކްސް ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އިސްލާސްވަނީ ކަންކަން ކުރަން ނޭނގޭ ހާލުގައި ޓެކްސް ދައްކާ ރައްޔިތުން އަތުން އަނެއްކާވެސް އިތުރަށް ފައިސާ ނެގުމަކީ އިންސާފުވެރި ގޮތްތޯ ވެސް ސުވާލު އުފައްދަވާފައެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް