ads
ފެނަކަ ކޯޕަރޭޝަންގެ އާ ދެ އޮފީސް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން--
ފެނަކައިގެ ދެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ފެނަކަ ކޯޕަރޭޝަނުން ލ. ފޮނަދޫ އަދި ނ. ޅޮހީގައި އަލަށް ގާއިމް ކުރާ އޮފީސް، އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ދެރަށުގައި ވެސް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި ހަވާލުވީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް އެވެ. 

އަންގާރަ ދުވަހު މި ދެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަސްލަމް އެވެ. 

ލ. ފޮނަދޫގައި އިމާރާތް ކުރެވިގެންދާ އޮފީސް އިމާރަތުގެ މަސައްކަތް ހަވާލު ކުރެވިފައި ވަނީ 305 ދުވަހުގެ މުއްދަތަށް 8.64 މިލިއަން ރުފިޔާ އަށެވެ. މި އިމާރަތް ނިންމުމުގެ އެންމެ ފަހު ތާރީހަކީ 31 ޑިސެންބަރު 2020 އެވެ. 

ނ. ޅޮހީގައި އިމާރާތް ކުރެވިގެންދާ އޮފީހުގެ މަސައްކަތް ހަވާލު ކުރެވިފައި ވަނީ 270 ދުވަހުގެ މުއްދަތައް 6.47 މިލިއަން ރުފިޔާ އަށެވެ. މި އިމާރަތް ނިންމުމުގެ އެންމެ ފަހު ތާރީހަކީ 26 ނޮވެމްބަރު 2020 އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް