އޭނާގެ ލައިވް ޕާފޯމަންސް ފެންނާނެ އެ ޝޯ ހޮނިހިރު ދުވަހުގެ ހަވީރު އަދި ރޭގަނޑު އޮންނާނެ އެވެ. ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި އެރޭ 20:00 އިން 00:00 އަށެވެ.
ހަވީރު އޮންނަ ޝޯއަށް ހިލޭ ވަދެވެއެވެ. އެކަމަކު ރޭގަނޑުގެ ޝޯއަށް 150 ރުފިޔާގެ ޓިކެޓެއް ނަގަންޖެހެއެވެ.
އަދި ޔޮހާނީ އާއި ވަކިން ބައްދަލުކޮށްލަން ބޭނުންވާ މީހުންނަށް އެފުރުސަތުވެސް ބައިސްކޯފް އިން ވަނީ ހުޅުވާލާފަ އެވެ. އެކަމަށް ވީއައިޕީ ޓިކެޓެއް ނަގަންޖެހޭއިރު، މި ޓެކެޓުގެ އަގަކީ 999 ރުފިޔާ އެވެ.
ޔޮހާނީ ބުނިގޮތުގައި މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.