ads
ކްރިމިނަލް ކޯޓު
35 ހައްޔަރު ރެކޯޑް- މި ފަހަރު ކެނޑީ ކޯޓު ހުރުމަތް
35 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކޯޓު ހުރުމަތް ކަނޑައިގެން ޖަލަށް 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މީގެ ކުރިން 35 ފަހަރު ހައްޔަރުކޮށް، އަދި 10 ފަހަރު ބަންދު ކުރުމުގެ ރެކޯޑް އޮތް، ސ. ފޭދޫ އުޖާލާގެ މުހައްމަދު އިމާދު އަހްމަދު ކޯޓު ހުރުމަތް ކަނޑައިގެން ޖަލަށްލާން ހުކުމް ކުރީ، މިއަދު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ގެންދިޔަ މަޖިލީހުގައި ޝަރީއަތުގެ އަދަބާ ހިލާުފު އަމަލެއް ހިންގައިގެންނެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ނޭނގެއެވެ. 

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ގެންދިޔައީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައެވެ. ވައްކަމުގެ ކޮން މައްސަލައެއް ކަން ސާފު ނުވިނަމަވެސް ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ވަގަށް ނެގިކަމަށް ބެލެވޭ ވީލްޗެއާއެއް ހިފައިގެން އޭނާ ދާ މަންޒަރުގެ ސީސީޓީވީ ސްނެޕްޝޮޓް ޝަރިއަތަށް ހުށަހަޅާފައިވެއެވެ. ވައްކަމުގެ ތުހުމަތުގައި އޭނާ 30 ދުވަހަށް ބަންދު ކުރަންވެސް ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު މިއަދު ނިންމެވިއެވެ. ކޯޓު ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް ކުރި 15 ދުވަހުގެ ބަންދު ފެށޭނީ ވައްކަމުގެ ތުހުމަތުގެ 30 ދުވަހުގެ ބަންދު ނިމުނީމައެވެ. 

45%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް