ads
މެންބަރު ފިރުޝާން
އިންސާފު އަވަސްކުރޭ! މާޓީގެ ހަށިގަނޑު އާއިލާއާ ހަވާލުކުރޭ!
އިންސާފު އަވަސްކޮށް އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާއައި ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ފިރުޝާން ގޮވާލައްވައިފިއެވެ.

ފިރުޝާންއަކީ އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައިރު އެތާ ހުރި ކަމަށް ރިޕޯޓްތައް ބުނާ މީހުންގެ ތެރެއިން އެކަކެވެ. ފިރުޝާން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ގޮވާލައްވާފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަފަހުން ކުއްލިއަކަށް ނިޔާވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްމޯޓަމް ހައްދަން ބޭނުންނުވާ ކަމަށާއި، އެކަން ކޮށްފިނަމަ ހަށިގަނޑާއި ހަވާލުނުވާނެ ކަމަށް އާއިލާއިންވަނީ ބުނެފައެވެ. ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް ގަލޮޅު ސަހަރާގެ މޯޗަރީގައި ބާއްވާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ރަޝީދު ނިޔާވީ ގދ. ހޯޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ބަލައި ފާސްކޮށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފަހުން މެޔަށް ތަދެއް އަރައިގެން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް