ads
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
އެކައުންޓިން ދާއިރާ ބޭރު ފަރާތްތަކުން ކޮންޓްރޯލް ކުރާކުރުން ނިމުމަކަށް ގެންނަންޖެހޭ!
ރާއްޖޭގެ އެކައުންޓިން ދާއިރާ ރާއްޖެއިން ބޭރު ފަރާތްތަކުން ކޮންޓްރޯލް ކުރާކުރުން ނިމުމަކަށް ގެނައުމަށް ދިވެހި ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު މުހިންމު ކަމަށް ދާންދު ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔައުގޫބް މިފަދައިން ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު ހުށަހަޅުއްވައި ދެއްވަމުން ދެއްކެވި ވާހަކައިގައެވެ. 

މެމްބަރު ޔައުގޫބް ވިދާޅުވީ ސަރުކާރުގެ ފަރާތުން މިބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި އެކައުންޓެންސީ ފަންނާއި ގުޅޭ ކަންކަން ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން ތަންޒީމުކޮށް ދިވެހި ރާއްޖޭގައި ޗާޓެޑް އެކައުންޓެންސީގެ ފަންނެއް ގާއިމުކޮށް އެ ފަންނު ކުރިއެރުވުމަށް މަގުފަހި ކުރުމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓެޑް އެކައުންޓެންސް އޮފް ދަ މޯލްޑިވްސްގެ ނަމުގައި ޤާނޫނީ ޝަޚުސެއް އުފައްދުން ކަމަށެވެ. 

އަދި މި އިންސްޓިޓިއުޓްއަކީ އަމިއްލަ ނަމުގައި ދައުވާކޮށް ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އިންސްޓިޓިއުޓަކަށް ވާނޭ ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ. އަދި އެ އިންސްޓިޓިއުޓަކީ އަމިއްލަ މިނިވަން ޝަހުސަކަށް ވާނޭ ކަމަށްވެސް ވިދާޅުވި އެވެ. 

މީގެ އިތުރުން ބިލު ހުށަހަޅުއްވަމުން ޔައުގޫބް ވިދާޅުވީ، މި ޤަނޫނާއި ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް ޖިނާއީ ތަހުގީގު ކުރުމަށް އިހުތިސާސް ލިބިފައިވާ ފަރާތަކަށް ހުށަހެޅުމުގެ ބާރު ވެސް މި އިންސްޓިޓިއުޓަށް ލިބިގެންވާ ކަމަށެވެ. 

"ރާއްޖޭގަ މިހާރު މި ރާއްޖެއަށް ބޭނުންވާ ވަރަށް މި ދާއިރާގެ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލް އެކައުންޓެންޓުން އެބަތިބިކަންވެސް ފާހަގަ ކުރަން."

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ ރާއްޖޭގެ އެކައުންޓިން ދާއިރާ ރާއްޖެއިން ބޭރު ފަރާތްތަކުން ކޮންޓްރޯލް ކުރާކުރުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. 

94%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް