އެކައުންޓެންޓުންގެ މަހާސިންތާގެ ތެރެއިން
އެކައުންޓެންޓުންގެ މަހާސިންތާ ފަށައިފި
Share
އެކައުންޓެންޓުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މަހާސިންތާ، "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް" ފަށައިފިއެވެ.
Advertisement

މިއީ އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފޯރަމެކެވެ. އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ފަރާތުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ފޯރަމް ބާއްވައެވެ. 

މިއަހަރުގެ އެކައުންޓެންޓްސް ފޯރަމް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ.

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "އިކޮނޮމިކް ޓްރާންސްފޮމޭޝަން، ރީތިންކިންގ ގްރޯތު އިން ދި ނިއު އިކޮނޮމީ"އެވެ. މިއަހަރުގެ އެކައުންޓެންޓްސް ފޯރަމްގައި ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ދާއިރާ، ސަސްޓެއިނަބަލް ފައިނޭންސިންގ އަދި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ތަފާތު ގިނަ އިންޑަސްޓަރީތަކުގައި ހުރި އެކި ގޮންޖެހުންތަކަށް އަލިއަޅުވާލެވިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް