ads
ދިރާގު ހެޑް އޮފީސް
އައިއެފްސީއާ އޭޑީބީން ދިރާގަށް 55 މިލިއަން ޑޮލަރުގެ ލޯނެއް
އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގުޅިގެން، ދިރާގުގެ ޑިޖިޓަލް ނެޓްވޯކް ފުޅާކުރުމަށް 55 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ.

މިކަން ހާމަކޮށް އައިއެފްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ލޯނަކީ 25 މިލިއަން ޑޮލަރުގެ ފެސިލިޓީއަކާއި 30 މިލިއަން ޑޮލަރުގެ ފެސިލިޓީއެއްކަމަށެވެ. ފުރަތަމަ ދޭ 25 މިލިއަން ޑޮލަރުގެ ފެސިލިޓީ ބޭނުންކުރާނީ ދިރާގުގެ ހިންގުމުގެ ހަރަދުތަކަށް ނުވަތަ ވޯކިން ކެޕިޓަލަށާއި، އިންޓަނެޓްގެ ހިދުމަތް ފުޅާކޮށް، ރަށްރަށަށް 5ޖީ އަދި ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކުރުމަށްކަމަށެވެ.

އަނެއް 30 މިލިއަން ޑޮލަރުގެ ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދުނިޔެއާއި ރާއްޖެ ގުޅާލުމަށް ދިރާގުން ރާއްޖޭގައި އަޅާ "ސީމީވީ 6" ސަބްމެރިން ކޭބަލްގެ މަސައްކަތަށެވެ. މިއީ ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާ ގުޅާލުމަށް އަޅާ ސަބްމެރިން ކޭބަލެކެވެ. މި ކޭބަލް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް