ads
ރަޝީދު
ދައުލަތުން ދެކެނީ އާއިލާ ނުރުހުނަސް ޕޯސްޓްމޯޓަމް ހެދޭނެ ކަމަށް
ދައުލަތުން ދެކެނީ އާއިލާ ނުރުހުނަސް ޕޯސްޓްމޯޓަމް ހެދޭނެ ކަމަށް ފުލުހުންގެ ބަންދުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި ގދ. ހޯޑެއްދޫ ޢަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް، ކޯޓު އަމުރެއް ނެތަސް ހެދޭނެ ކަމަށް ދެކޭ ކަމަށް މިހާރު ކޯޓުގައި އޮތް އެ މައްސަލައިގައި ދައުލަތުން ބުނެފިއެވެ.

މިދިޔަ ހަފްތާގައި ފުލުހުން ހުވަދު އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރިތާ ގިނަ އިރުތަކެއް ނުވަނީސް ނިޔާވި، ގދ. ހޯޑެއްދޫ ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރުމަށް އަމުރުކޮށްދިނުން އެދި އާއިލާގެ ފަރާތުންވަނީ ކޯޓުގައި ދައުވާކޮށްފައެވެ. 

މި މައްސަލައިގެ އަޑު އެހުން ހޮނިހިރު ދުވަހު ފެށިފައިވާއިރު މައްސަލައިގެ ތެރެއަށް ޕްރޮސިކިއުޓަ ޖެނެރަލްވަނީ ތަދައްހުލް ވެފައެވެ. ރަޝީދުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ބުނެފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންނެވެ. އެންއައިސީން ބުނީ މި މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިއްމުކަމަށް ވާތީ ތަހުގީގުގެ ބޭނުމަށް ޕޯސްޓްމޯޓަމް ހެދުމަށް ނިމްމާފައިވާ ކަމަށެވެ. 

އާއިލާގެ ނުރުހުމުގައި އަބްދުﷲގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ، އެކަމާ ގުޅިގެން އޭނާގެ އާއިލާގެ ފަރާތުން ކޯޓަށް ހުށަހެޅީ އޭނާގެ މަންމަ މަރްޔަމް އަހްމަދެވެ. ރަޝީދުގެ މަންމަ ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވައިދިނުމަށާއި މައްޔިއްތާ ވީހާ ވެސް އަވަހަކަށް ވަޅުލުމުގެ ކަންކަން ހަމަޖައްސަން ހަށިގަނޑު ހަވާލުކޮށްދިނުމަށެވެ. 

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނާއިބުގެ އޮފީހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދައުވާއަށް ޖަވާބު ދެމުން ބުނީ، އާއިލާއިން އެދިފައިވާފަދަ އަމުރެއް ނެރެފިނަމަ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށެވެ. އަދި މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވައިދުގެ ދަށުން ކޯޓު އަމުރެއް ނެތި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ. 

ރަޝީދުގެ ހަށިގަނޑު މާލެ ގެނައިއްސުރެ އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. ފުލުހުން މަސައްކަތް ކުރަމުން އަންނަނީ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާދަމާ ރާއްޖޭން ބޭރަށް ފޮނުވާށެވެ. އެހެންކަމުން އޭގެ ކުރިން މި މައްސަލައިގައި ކޯޓުން ގޮތެއް ނިންމޭތޯ ބަލަމުން އަންނަ ކަމަށް ކޯޓުން ބުންޏެވެ. 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވީ ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގު ހިނގަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުންވެސްވަނީ ބުނެފައެވެ.

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް