ads
ފޮޓޯ: ވަން އޮންލައިން
ވައިރަހުން އަރައިގަތުމަށް ސަރުކާރުން އެއްބާރުލުން ދޭނެ: އަލީ ވަހީދު
ކޮވިޑް19 ވައިރަހުން އަރައިގަތުމަށް ރާއްޖޭގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމަށް ދިމާވާ ކޮންމެ ގޮންޖެހުމަކީ ގައުމުގެ އިގްތިސާދާއި ގުޅިފައިވާ ކަމެއްކަމަށާއި މި ދާއިރާއަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާ ކޮންމެ ގޮންޖެހުމަކުން އަރައިގަތުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ސަރުކާރުގެ ފަރާތުން އަރުވާކަމުގައެވެ. 

މިނިސްޓަރ ވަނީ ރާއްޖޭގެ ޖީޑީޕީގައި ޓޫރިޒަމުން ސީދާ ގޮތުގައި 25 ޕަސެންޓް ހިއްސާ ކުރާކަމަށް ވިދާޅުވެފައެވެ. އަދި ނުސީދާ ގޮތުގައި 75 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއެއް ޓޫރިޒަމް ކުރާ ކަމަށް  ވެސް މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ މަހުވެސް އިތުރުވެފައި ވީނަމަވެސް، ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެގެން ގޮސްދާނެކަމަށް ކަމާ ބެހޭ މާހިރުން ލަފާކުރެއެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ޗައިނާއިން ޓޫރިސްޓުން ގެނައުން މަޑު ޖައްސާލައިފަ އެވެ. ޗައިނާއަށް ދަތުރު ކޮށްފައިވާ އެހެން ގައުމުތަކުގެ މީހުންވެސް ރާއްޖެއަށް ވަނުން ވަނީ މަނާކޮށްފައެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ސްކްރީން ކުރުމުގެ މަސައްކަތްވެސް ޓޫރިޒަމް މިނިސްޓްރީ އިން އަންނަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް