ads
އަނިޔާވެ މަރުވި އުދައްޔު
މަރުގެ މައްސަލައެއްގައި ކުޑަ ކުއްޖަކު އުމުރަށް ޖަލަށް
ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު އުމުރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ ކުރީކޮޅު ހިނގި މާރާމާރީއެއްގެ މައްސަލައެކެވެ. 

މި މައްސަލައިގައި ޖުވެނައިލް ކޯޓުން ބުނީ، 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ހުށަހެޅި ދައުވާތައް ސާބިތުވާކަމަށް މި މަހުގެ 14 ގައި ނިންމުމަށް ފަހު އަދަބު ކަނޑައެޅީ މިއަދު ކަމަށެވެ.

‎މި ކުއްޖާގެ މައްޗަށް ސާބިތުވި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެކަމާ ގުޅިގެން 18 އަހަރާއި 9 މަހަަށް، ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމުގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި މިއަދުން ފެށިގެން އެއް އަހަރުތެރޭގައި އެއް މިލިއަން ރުފިޔާ އުދައްޔުގެ ވާރިސުންނަށް ދިނުމަށާއި، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުމަށް ޖުވެނައިލް ކޯޓުން ހުކުމްކުރި އެވެ.

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް