ads
މަޓީގެ އަހަރީ އާންމު ޖަލްސާ 2019/ ފޮޓޯ: ސަން އޮންލައިން
މަޓީގެ ހިންގާ ބޯޑަށް 12 މެންބަރުން އައްޔަނު ކޮށްފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަަމް އިންޑަސްޓްރީ (މަޓީ)ގެ ހިންގާ ބޯޑަށް މެމްބަރުން އައްޔަން ކޮށްފިއެވެ.

މެމްބަރުން އައްޔަނުކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްގައި އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. 

މަޓީގެ ހިންގާ ބޯޑުގެ ޗެއާމަންގެ މާގާމަށް އައްޔަނު ކުރައްވާފައި ވަނީ މުހައްމަދު އުމަރު މަނިކެވެ. ބޯޑު ވައިސް ޗެއާމަނުންނަށް އައްޔަނު ކުރައްވާފައިވަނީ ހުސެން އަފީފް އަދި ސަލާހް ޝިހާބް އެވެ. ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމަށް އަހްމަދު ހަފީޒް އައްޔަނު ކުރައްވާފައި ވާއިރު، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ އަހްމަދު ނަޒީރުއެވެ. އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ އައްސަދު އަލީއެވެ. 

މަޓީގެ އެގްޒެކްޓިވް ބޯޑްގެ މެންބަރުންގެ ގޮތުގައި އައްޔަނު ކުރައްވާފައި ވަނީ އަހްމަދު ސިޔާމް މުހައްމަދު، އިޔާޒް ވަހީދު، އިބްރާހިމް ނޫރުއްދީން، ވިޝާ މާހިރު، އިސްމާއިލް ޝިޔާން ގާސިމް، އިބްރާހިމް ސިޔާދު ގާސިމް، ޒުލައިހާ މަނިކު، މޫސާ ސާލިހް އަދި އައިޝަތު ނީނާ އަހްމަދު އެވެ.

މި ޖަލްސާގައި  މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރުގެ އިތުރުން އެ އެސޯސިއޭޝަންގެ 84 މެމްބަރަކު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. 

ޖަލްސާގައި ވާހަކަ ދައްކަވަމުން ޗެއާމަން މުހައްމަދު އުމަރު މަނިކު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ޕެސެންޖާ ޓާމިނަލާއި ސީޕްލޭން ޓާމިނަލުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް މިހާރަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. 

ފާއިތުވި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކާމިޔާބު އަހަރެއް ކަމަށް ފާހަގަކުރައްވާ ޗެއާމަން އުމަރު މަނިކު ވަނީ ދެމެހެއްޓެނެވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް އަދި ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށާއި މިކަންކަން ކުރުމަށް މަޓީގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް