ads
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު މަޖިލީހަށް އަލަށް ސަލާމް ވިދާޅުވުން: ވަޑައިގަތީ ކޮރަލް ފެސްޓިވަލަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް އަލަށް ސަލާމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ރައީސް މަޖިލީހަށް ސަލާމް ވިދާޅުވި އިރު، ސަލާމް ވިދާޅުވި ސަބަބު ބަޔާންކޮށް ނޯޓެއް ފޮނުވާފައިވާކަމަށެވެ.

އެގޮތުން ރައީސް ނަޝީދު މަޖިލީހަށް ސަލާމް ވިދާޅުވެފައިވަނީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން ތުލުސްދޫގައި މިއަދު ފެށި ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

މީގެ އިތުރުން މި އިވެންޓްގެ ތެރެއިން މާދަމާ ކޮރަލް ފެސްޓިވަލްގައި ވެސް ރައީސް ނަޝީދު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އިވެންޓްގައި  ރާޅާ އެޅުމަށް ދަސްކޮށްދިނުމާއި، ސްނޯކްލިން ދަތުރުތަކާއި، ލައިވް މިއުޒިކާއި، ކުރެހުމާއި ފަންނުވެރިކަމުގެ އިތުރުން މޫސުމީ ބަދަލުތަކާއި ފަރުތަކާ ގުޅޭ ތަޖުރިބާކާރުންތަކެއްގެ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދާނެއެވެ. 

67%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް