ads
ކަށަވަރު ޕްރޮމޯޝަންގެ ތެރެއިން
އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" ފަށައިފި
އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަން ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ކަށަވަރު ޕްރޮމޯ" އަކީ އޮޑިވެރިންނަށް ހާއްސަކޮށްގެން އުޅަނދުތަކުގެ ސާމާނަށް ޑިސްކައުންޓްތައް ދިނުމުގެ ގޮތުން އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ދަވާދު، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބާޑާ ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް އަދި ސްޓިއަރިންގް ސިސްޓަމެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކުރައްވާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 2.5 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް އެމްޓީސީސީންވަނީ ނިންމާފައެވެ. އަދި މި ޕްރޮމޯޝަން ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ޔަންމާ 35 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް އެމްޓީސީސީންވަނީ ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް