ads
ބަނޑިޖެހަމުންދިޔަ ވަގުތު ފަހަތުން އައިސް މީހަކު ހުއްޓުވަނީ
އިމްރާން ހާން އަށް ހަމާލާދިން މީހާ ހައްޔަރުކޮށްފި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި އެވެ.

ހަބަރުތަކާއި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަގޮތުގައި އިމްރާން ހާންއަށް ހަމަލާދިން މީހާ ވަނީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ރިލޭގެ ތެރެއަށް ބަޑިޖަހާފައެވެ.

ހަމަލާގައި އިމްރާން ހާންގެ ފަޔަަށް ހަތަރުވަރަކަށް ވަޒަންއެރިއިރު، އެގައުމުގެ ބޯލް ޓީވީއާ ވާހަކަ ދައްކަމުން އެ ހިނގާލުމުގެ ތެރެއިން ހަމަލާގައި ޒަހަމުވި މީހުންގެ ތެރޭ ހިމެނޭ ގަވަރުނަރު އިމްރާން އިސްމާއިލް ވިދާޅުވީ، ހަމަލާ ދިން އިރު އޭނާ ހުރީ އިމްރާނާ ހާން އާއި ޖެހިގެން ކަމަށާއި، ހަމަލާދިން މީހާ ހުރީ ސީދާ އެމީހުން ތިބި ކޮންޓެއިނަރުގެ ކުރިމަތީގައި ކަމަށެވެ. އަދި އޭނާ ގެންގުޅުނީ އޭކޭ-47 އެއް ކަމަށް ބުނެފައި ވެއެވެ.

 

ހަމަލާދިން މީހާ އެވަގުތު ހުއްޓުވާފައިވަނީ އެތަނުގައި ހުރި އިމްރާން ހާންގެ ސަޕޯޓަރެކެވެ. ވީޑިއޯތަކުން ފެންނަގޮތުން ފަހަތުން އައިސް އޭނާ ހުއްޓުވަން އުޅުމުން އޭނާ ދުވެ ފިލަން މަސައްކަތްކޮށްފަ އެވެ.

ނަމަވެސް އާންމުންނާއި ފުލުހުން ވެގެން އޭނާ ހިފަހައްޓައި ހައްޔަރުކޮށްފައިވާއިރު ފުލުހުން އޭނާ ގެންދިޔަވަގުތު އެސަރަހައްދުގައި ތިބި އެތައް ބަޔަކު ވަނީ އޭނާގެ ގައިގާ ތަޅާ ހަދާފަ އެވެ.

ފަޔަށް ވަޒަން އެރުމާއިއެކު އިމްރާން ވަގުތުން ވަނީ އެހެން ވެހިކަލެއްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ހާލުކޮޅު ރަނގަޅު ކަމަށް ރިޕޯޓުތައް ލިބެއެވެ.

އިމްރާންގެ އިތުރުން އެމަނިކުފާނާއިއެކު އެޕާޓީން ބައިވެރިވި އޭނާގެ މެނޭޖަރާއި ގަވަރުނަރެއް ހިމެނޭހެން ފަސްވަރަކަށް މީހުން ޒަހަމުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިމްރާން ހާން އިސްވެ ހުންނަވާ އެއް ސިޓީ އަނެއް ސިޓީއަށް ބޭއްވި މި ރެލީ އަކީ އިންތިހާބު އަވަސް ކުރުމަށް ގޮވާލައި ސަރުކާރާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. ހަމަލާ އަމާޒުވިއިރު އިމްްރާން ހާން ހުންނެވީ ހިނގާލުމުގައި ބޭނުންކުރި އޯޕަން ވެހިކަލެއްގެ މަތީ ވާހަކަފުޅު ދައްކަވާށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް