ads
ފެމެލިއަރައިޒޭޝަން ޓްރިޕްގެ ދަށުން ރާއްޖެ އައި ޔޫއޭއީގެ ޓީމް
ރާއްޖެ އިޝްތިހާރު ކުރުމަށް މިފަހަރު އައީ ޔޫއޭއީގެ ނޫސްވެރިން
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ނޫސްވެރިންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރސީ) ގެ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ދަށުން މިއަހަރުގެ މިހާތަނަށް ތިން ގައުމެއްގެ ނޫސްވެރިން ރާއްޖެ އައިސްފާ ވާއިރު، ޔޫއޭއީގެ ނޫސްވެރިންގެ ޓީމަކީ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖެ އައި ހަތަރު ވަނަ ޓީމެވެ. 

ޔޫއޭއީގެ ނޫސްވެރިންގެ ޓީމްގެ ދަތުރު "ލަގްޒަރީ" ތީމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު ޔޫއޭއީގެ ފަތުރުވެރިން ރާއްޖެ ގެނަސްފައިވަނީ އެމްއެމްޕީއާރުސީ އާއި އިއްތިހާދު އެއާލައިން ގުޅިގެންނެވެ. 

ޔޫއޭއީގެ ޓީމް ރާއްޖޭގައި ހޭދަކުރާ ފަސް ދުވަހު އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ، ވެސްޓިން މޯލްޑިވްސް އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރަށް ޒިޔާރަތްކޮށް އެ ރިސޯޓް ތަކުގައި ލިބެންހުންނަ ހިދުމަތްތައް ތަޖުރިބާ ކުރާނެއެވެ. 

މި ޓީމް ރާއްޖޭގައި ހޭދާކުރާ ދުވަސްތަކުގެ ތަޖުރިބާ ސޯޝަލް މީޑީއާ އަދި ޔޫއޭއީގެ ނޫސްތަކުގައި ޝާއިރުކުރާނެއެވެ. ޔޫއޭއީގެ ޓީމްގައި މަޝްހޫރު ބްލޮގަރުންނާއި ދަ އިންސައިޑާގެ ނޫސްވެރިން ހިމެނެއެވެ. 

ފެމެލިއަރައިޒޭޝަން ޓްރިޕްގެ ދަށުން އެންމެ ފަހުން ރާއްޖެ އައިސްފާ ވަނީ ފްރާންސް އަދި ސްޕެއިންގެ ނޫސްވެރިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް